ދެ ޤައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރުހުންދީފި

އަައިޝަތު ޒީނާ | 9 ދުވަސް ކުރިން - 15:00
ޢަބްދުއްރަޙީމް އަބްދުއްލަތީފް އަދި އަހުމަދު ސަރީރު.
ޢަބްދުއްރަޙީމް އަބްދުއްލަތީފް އަދި އަހުމަދު ސަރީރު.
ޚުލާސާ

ރަޝިއާއާއި މޮރޮކޯއަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި އިއްވާފައިވަނީ މިދިޔަ މަހު 24 ގައި.

ރާއްޖެއިން ދެ ޤައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ރަޝިއާއާއި މޮރޮކޯއަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި އިއްވާފައިވަނީ މިދިޔަ މަހު 24 ގައެވެ.

ރަޝިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގ. ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް އަބްދުއްލަތީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މިހާރު ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ. ވެސްޓްސައިޑް، އަހުމަދު ސަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މިސްރާއި ކުވެއިތަށް ވެސް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރުހުން ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%