ލ. ފޮނަދޫގެ ފެން ޕްލާންޓަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އެ ރަށުން ފެނުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.
އެ ރަށަށް ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ ފޮނަދޫގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ބޭނުންކުރަމުން އަންނަ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރަން ބޭނުންވާ ތަކެތި މާލެއިން އެ ރަށަށް މިރޭ ފޮނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ އިން ބުނީ މި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.