އިތުރު 15 ދުވަހަށް އަރީޝް ހައްޔަރުކުގައި ބަހައްޓަން އަމުރުކޮށްފި

ހުސައިން އިސްމާއިލް | 14 ދުވަސް ކުރިން - 12:09
ފުވައްމުލަކު، ދިގުވާޑު، ބަނަފުސާގެ، ހުސެއިން އަރީޝް، 31، ފުލުހުންގެ ބެލުމުގެ ދަށުގައި.
ފުވައްމުލަކު، ދިގުވާޑު، ބަނަފުސާގެ، ހުސެއިން އަރީޝް، 31، ފުލުހުންގެ ބެލުމުގެ ދަށުގައި.
ޚުލާސާ

އައިޖީއެމްއެޗް ކައިރީ މަރުތޭލަކުން ހަމަލާ ދިނުމަށްފަހު ފިލައިގެން އުޅުނު އަރީޝްގެ ބަންދު މުއްދަތު އިތުރުކުރީ 15 ދުވަހަށް. މިއީ ދެވަނަ މުއްދަތް.

މި މަހުގެ 4 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރީ މަގުމަތީގައި ހުރި މީހަކަށް މަރުތޭލަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ފުވައްމުލަކު، ދިގުވާޑު، ބަނަފުސާގެ، ހުސެއިން އަރީޝް، 31 އެވެ.

އޭނާގެ ބަންދަށް ފުރަތަމަ 10 ދުވަސް ޖެހި ނަމަވެސް، އެ މުއްދަތު ހަމަވުމާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހުގެ މުއްދަތެއް ޖެހި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފައިވެއެވެ.

އަރީޝް ހައްޔަރުކުރެވުނީ ކޯޓު އަމުރެއް ނެރެފައި އޮއްވައި ފިލަން މެލޭޝިއާއަށް އެތެރެވާން އުޅެނިކޮށް އަނބުރާ ރާއްޖެ ފޮނުވާލުމުންނެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާގައި އިތުރު މީހުންވެސް ބައިވެރިވެފައިވެއެވެ.

މި ހާދިސާގައި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެވުނެވެ. އަދި ހަމަލާ ހުއްޓުވަން އުޅުނު ފުލުހަކަށްވެސް ކުދިކުދި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%