ކުރީގެ މެމްބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލަ ސުޕްރީމްކޯޓުން ބަލައިގަތުމުން، އެ ކޯޓުން ވަދެފައިވަނީ ނުރައްކާތެރި ސަރަހައްދަކަށް ކަމުގައި ޤާނޫނު އަސާސީން އެނގެން އެބަ އޮތެވެ. ސަބަބަކީ، ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙްތައް ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ އިޚްތިޞާޞްގެ ދަށަށެވެ. އެހެންކަމުން، ޤާނޫނު ހަދާ މަޖިލީހުގެ ދާއިރާގެ ތެރޭގައި އެކަނި ހިމެނޭ މައްސަލައެއްގައި ސުޕްރީމް ކޯޓުން ތަދައްޚުލުވުމަކީ ޝަރުއީ ބާރުން ފާޅުކަން ބޮޑު ގޮތެއްގައި އަނެއް ބާރަށް ޖަދަލު ކުރުމާއި އެކު ސީދާ ބިރު ދެއްކުމެވެ.
އެންޓި ޑިފެކްޝަން އިޞްލާޙް ފާސްކުރީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އިޖުރާޢަތްތަކާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއަކުންނެވެ. މި އިޞްލާޙުގެ ސަބަބުން މަޖިލިސް މެމްބަރުން އިންތިޚާބުކުރި މީހުންނަށް ޖަވާބުދާރީވެ، ރިޝްވަތާއި އަމިއްލަ ފައިދާއަށް ޕާޓީ ބަދަލުކުރުން ފަދަ ސިޔާސީ ކޮރަޕްޝަންތައް ހުއްޓުވޭނެ އެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ޤާނޫނަށް އިސްލާހު ގެނައުމުގެ ދުސްތޫރީ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާއިރު، އެކަމަށް ގޮންޖަހާލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވެއެވެ. އެހެންކަމުން، މި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފަށް ގާނޫނު ހަދާ މަޖިލީހުގެ ކަންކަމުގެ ތެރެއަށް ވަނުމެވެ.
އަދި އެއަށްވުރެ ބޮޑަށް ކަންބޮޑުވާ ކަމަކީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޢަމަލު ކުރައްވަނީ ޤާނޫނީ އުޞޫލުތަކަށް ވުރެ ސިޔާސީ ގޮތުން އެއްފަރާތްވުމަށް ބަލައިގެން ކަމަށް ފެނުމެވެ. ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ ސިޔާސީ ޕާޓީތަކާއި ގުޅިފައިވާ ބައެއް ކަމީ ސިއްރެއް ނޫނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި. ސުޢޫދުއަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ދިނީ އެމްޑީޕީގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް.
އެބޭފުޅުންގެ ޢަމަލުތަކުން ފެންނަނީ ޤާނޫނުއަސާސީ ހިފެހެއްޓުމަށްވުރެ ކުރީގެ ސިޔާސީ އެކުވެރިން ޙިމާޔަތްކުރުމަށް އެ ފަނޑިޔާރުން ސުޕްރީމްކޯޓުގެ ބެންޗުގައި ތިއްބަވައިގެން މަސައްކަތް ކުރަމުންދާ މަންޒަރވެ. އެ ތުހުމަތެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ޝަރުއީ ދާއިރާގެ ނަޒާޙަތްތެރިކަމާއިމެދު ސުވާލު އުފެދި، ސުޕްރީމް ކޯޓަށް ޢާންމުންގެ އިތުބާރު ގެއްލުމެވެ.
ދުސްތޫރީ އިޞްލާހެއް ބާޠިލް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަން ބަންޑާރަ ނައިބުގެ އޮފީހުން ސާފުކޮށް ބުނެފައި ވެއެވެ. ޞައްޙަ ޤާނޫނީ މަރުޙަލާއިން ފާސްކުރާ ދުސްތޫރީ ބަދަލުތަކަށް ޝަރުޢީ ދާއިރާއިން ހުރަސްއަޅަން ފަށައިފިނަމަ ދެން އެކަން ހުއްޓޭނީ ކޮންތާކުން ހެއްޔެވެ؟ މާދަމާ ޤާނޫނު އަސާސީގެ އެހެން މާއްދާއެއް ކަމުނުދާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނިންމައިފިނަމަ، އެ މާއްދާ ބާޠިލް ކޮށް، ޤާނޫނު އަސާސީން އުނި ކުރާނެ ހެއްޔެވެ؟ މިއީ އިންސާފެއް ނޫނެވެ. މިއީ ޝަރުޢީ ނިޒާމުގެ ތެރޭގައި އޮތް ނާމާންކަމެވެ.
ހަމަޖެހުން އަލުން ޤާއިމްކޮށް، ބާރުތައް ވަކިކުރުން ޙައްޤު ގޮތުގައި ދެމެހެއްޓުމަށްޓަކައި މަޖިލީހުން ފިޔަވަޅު އަޅަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތް ފަނޑިޔާރުން ފަހަކަށް މަދުކުރުމަކީ ޝަރުއީ މިނިވަންކަމަށް ދިން ހަމަލާއެއް ނޫނެވެ. އެއީ އެ ކޯޓުގެ ހައްދު ފަހަނައަޅައި ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅެކެވެ. ސުޕްރީމް ކޯޓަކީ ޤާނޫނަށް ވުރެ މަތީ ކޯޓެއް ނޫނެވެ. އެއީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ހިންގަން ޖެހޭ ކޯޓެކެވެ.
މިއީ ރައްޔިތުން ދެނެގަންނަން ޖެހޭ ކަންތަކެވެ. ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޯޓުތަކަށް ފަނޑިޔާރުންގެ ގޮތުގައި އެ ޕާޓީގެ އެކްޓިވިސްޓުން ލާފައި ވާއިރު، މިއަދު ފެންނަ މަންޒަރަކީ މި ވެރިކަމަކީ އެ ފަނޑިޔާރުންގެ ހިތުތެރޭގައިވާ ޕާޓީގެ ވެރިކަމެއް ނޫން ކަމަށް ވާތީވެ ސިޔާސީ ނުފޫޒާއި އެކު ފަނޑިޔާރުންގެ ކުޑަ ގްރޫޕަކުން މި ވެރިކަން އަތުލުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. އެމީހުން މަސައްކަތް އެ ކުރަނީ ޑިމޮކްރަސީ ދިފާއު ކުރުމުގެ ބަދަލުގައި ފުނފުނޑު ކޮށްލުމަށެވެ. އެހެންކަމުން، އެ ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރުގެ ބޭރުން ޢަމަލުކުރާ ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަކީ މިރާއްޖޭގެ ވެރިކަމުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރަން ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.
ސުޕްރީމް ކޯޓަކީ ސިޔާސީ ޕާޓީގެ ޖަގަހައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރީ ބާރުގެ ތެރެއަށް ވަނުމުގެ ޙައްޤެއް އެ ކޯޓަކަށް ނޯންނާނެއެވެ. ޑިމޮކްރަސީގެ މަރުޙަލާ ޙިމާޔަތް ކުރުމަށްޓަކައި ސަރުކާރުން ދަނީ ޤާނޫނީ ގޮތުން ޒިންމާދާރުކަމާއެކު ޢަމަލު ކުރަމުންނެވެ. ޝަރުޢީ ދާއިރާ ހަމަމަގަށް އެޅުވުމަށްޓަކައި ރައްޔިތުން ސާބިތުވެ، އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމު ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ތާއީދުކުރަންޖެހެއެވެ.