ނަފްސާނީ ޞިއްޙަތުގެ އައު ޕްލޭން ރައީސްގެ އަނބިކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

އާނާ ފަހީމް | 15 ދުވަސް ކުރިން - 08:40
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 އިފުތިތާހުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 އިފުތިތާހުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލެވިފައިވާ ޕްލޭނެއް.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިރޭ އިފްތިތާހުކޮށްދެވުނު މި ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ. މި ޕްލޭނުގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

މި ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ސިޔާސަތުތަކާއި ސްޓޭންޑާޑްތައް އެކުލަވާލުމާއި، ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުން ހިމެނެއެވެ. އަދި ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް މި ޕްލޭންގައި އަހައްމިއްޔަތުކަން ދީފައިވެއެވެ.

މީގެއިތުރުން، މި ޕްލޭންގައި އެކި އުމުރުފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށްވެސް މި ޕްލންގައި ބާރުއަޅާފައިވެއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ޞިއްޙީ ދާއިރާގެ އިސް ބޭފުޅުންނާއި، އަދި ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%