ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ހުސައިން އިސްމާއިލް | 14 ދުވަސް ކުރިން - 10:35
ފޮޓޯ: ޚުލާޞާ
ފޮޓޯ: ޚުލާޞާ
ޚުލާސާ

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުން.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ސަރުކާރުން ގެންނަ މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ގޮތުން މި ބިލު ފާސްވުމަކީ ކުރިން ވެސް އުންމީދުކުރެވުނު ކަމެކެވެ.

މި ބިލާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީ މެންބަރުން މި ބިލަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް މުހިންމު ބިލެއް ކަމަށް ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%