މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަނޑިޔާރުންނާއި ގުޅޭ ބިލު ދިރާސާކޮށް ނިންމައިފި

ހުސައިން އިސްމާއިލް | 14 ދުވަސް ކުރިން - 10:26
މަޖިލިސް ރައީސް ޢަބްދުއްރަޙީމް.
މަޖިލިސް ރައީސް ޢަބްދުއްރަޙީމް.
ޚުލާސާ

ކައުންސެލް ޖެނެރަލް އޭނާގެ ޚިޔާލު ފާޅުކުރައްވާފައި ވިޔަސް، އެ ޚިޔާލަކީ ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަށް ބޭނުންވާއިރު ދެކޮޅު ޖެހޭ ޚިޔާލެއް ނޫން.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާއި ގުޅޭ ބިލު ދިރާސާކޮށް ނިންމައިފައެވެ. މި ބިލަކީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ސަރުކާރުން ގެންނަ މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮމިޓީން ބިލު ދިރާސާކޮށް ނިންމުމަށްފަހު، ކޮމިޓީ ރިޕޯޓު މަޖިލީހުގެ މެންބަރުންނަށް ވަނީ ފޮނުވާފައެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސްކުރެވެމުންދާއިރު، ގިނަ މެންބަރުން މި ބިލަށް ތާއީދުކުރައްވާ ކަމަށް ފާހަގަކުރެވެއެވެ.

ބިލާއިމެދު އިދިކޮޅު ހަދަނީ މަދު ބަޔެކެވެ. މި ބިލާއި މެދު ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޭނާގެ ޚިޔާލު ފާޅުކުރައްވާފައި ވިޔަސް، އެ ޚިޔާލަކީ ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަށް ބޭނުންވާއިރު ދެކޮޅު ޖެހޭ ޚިޔާލެއް ނޫން ކަމަށް މެންބަރުން ފާހަގަ ކުރައްވައެވެ.

މަޖިލީހުގެ މަދު މެންބަރުން މި ބިލާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވީ ނަމަވެސް، ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީ މެންބަރުން މި ބިލަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް މުހިންމު ބިލެއް ކަމަށް ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ޖަލްސާ ކުރިޔަށް ދިޔައިރު ރިޔާސަތަށް ޖެއްސުން ކުރުމުގެ ސަބަބުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ ނަން ވަނީ އިއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%