ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލު ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 15 ދުވަސް ކުރިން - 18:05
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މެންބަރުން ވޯޓު ދެއްވަނީ. ބިލް ބަލައި ނުގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ދެމެންބަރުން / ފޮޓޯ: މަޖިލިސް
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މެންބަރުން ވޯޓު ދެއްވަނީ. ބިލް ބަލައި ނުގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ދެމެންބަރުން / ފޮޓޯ: މަޖިލިސް
ޚުލާސާ

އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ނާޒިލާއި މައުރޫފް ޒާކިރު ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށް. އަނާރާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވާ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޖުޑީޝަރީ ކޮމިޓީން މި ބިލު ފާސްކުރީ މިއަދުިއަދު ހަވީރު ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 09 މެންބަރުންގެ ތެރެއިން 07 މެންބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވޯޓު ދެއްވާފައިވަނީ ބިލް ފާސް ނުކުރުމަށެވެ.

ކޮމެޓީގެ ނައިބު މުޤައްރިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލް ފާސްކުރަން ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތީ މިއަދު ބޭއްވުނު ޖަލްސާގައެވެ. ބިލު ބަލައިގަތުމަށް 64 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%