ރޯދަމަހު ހުސްކުރާނީ ދުވާލަކު 150 ކޮންޓެއިނަރު - އެމްޕީއެލް

ހުސައިން އިސްމާއިލް | 17 ދުވަސް ކުރިން - 20:45
ފޮޓޯ: ނައުޝަމް ވަޙީދު، ޚުލާޞާ
ފޮޓޯ: ނައުޝަމް ވަޙީދު، ޚުލާޞާ
ޚުލާސާ

އަވަހަށް ހަލާކުވާ ޒާތުގެ ތަކެއްޗާއި ޖެނެރަލް ކާގޯ އައިޓަމްތައް ކުލިއަރ ކުރުމުގައި އެމްޕީއެލްއިން އިސްކަންދޭނެ. ރޯދަމަހު ހާފްޑޭގައި ވެސް 100 ކޮންޓެއިނަރު ކްލިއަރ ކުރުމަކީ އެމްޕީއެލްގެ އަމާޒެއް.

ރަމަޟާން މަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 150 ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފިއެވެ.

އެމްޕީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުޙައްމަދު ވިދާޅުވީ، ފުލް އޮޕަރޭޝަންގައި ދުވާލަކު 150 ކޮންޓެއިނަރު ކްލިއަރ ކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ހާފް ޑޭތަކުގައި 100 ކޮންޓެއިނަރު ކްލިއަރ ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ މުދަތައް ކްލިއަރ ކުރުމުގައި އަވަހަށް ހަލާކުވާ ކާބޯތަކެއްޗާއި ޖެނެރަލް ކާގޯއަށް އިސްކަން ދެއްވާނެއެވެ.

މީގެއިތުރުން، ބަނދަރުގައި މިވަގުތު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުސްކޮށްފައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%