ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ހުސައިން އިސްމާއިލް | 18 ދުވަސް ކުރިން - 09:03
ކުޑަހުވަދޫ ޕޯޓް އެއްބަސްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑތ. މުޢިއްޒު އާއި ކުޑަހުވަދޫ ކުރީގެ އިސްވެރިންނާއި ރައްޔިތުން އަތްތިލަބަޑި ޖައްސަވަނީ: ރައީސް ވިދާޅުވީ މި ދައުރުގައި ޕޯޓުގެ ޚިދުމަތް ދެވޭނެ ކަމަށް.
ކުޑަހުވަދޫ ޕޯޓް އެއްބަސްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑތ. މުޢިއްޒު އާއި ކުޑަހުވަދޫ ކުރީގެ އިސްވެރިންނާއި ރައްޔިތުން އަތްތިލަބަޑި ޖައްސަވަނީ: ރައީސް ވިދާޅުވީ މި ދައުރުގައި ޕޯޓުގެ ޚިދުމަތް ދެވޭނެ ކަމަށް.
ޚުލާސާ

ރައީސް ވިދާޅުވީ މި ދައުރުގައި ޕޯޓްގެ ޚިދުމަތް ދޭނެ ކަމަށް. މިއާއެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްޤީވެ، އިޤްތިޞާދީ ގޮތުން ކުރިއަރާނެ.

ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، އެ ޕޯޓް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

އެމްޕީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްސްއެވެ. އަދި މުސްތަގުބަލުގައި މި ޕޯޓާއެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ، އިގުތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަހައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޝްރޫޢެއް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ދެން ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%