"މައުމޫން" ފޮންޓް ތަޢާރަފްކުރުމަކީ ދިވެހިބަސް ދިރުވުމުގެ މުހިންމު މަސައްކަތެއް: ކުރީގެ ރައީސް ޞާލިޙް

އާނާ ފަހީމް | 38 ދުވަސް ކުރިން - 15:58
ފޮޓޯ: ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ފޮޓޯ: ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ޚުލާސާ

“މައުމޫން" ފޮންޓް ތަޢާރަފްކުރެވުމަކީ ރައީސް މައުމޫނުގެ ޤައުމީ ޚިދުމަތުގެ ތެރެއިން އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށާއި، މިއީ ދިވެހިބަސް ދިރުވައި އާލާކުރުމުގެ މަސައްކަތުގެ މުހިންމުގެ މުހިންމު ފިޔަވަޅެއް.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުމަށް ނިސްބަތްކޮށް ތައްޔާރުކުރެވުނު "މައުމޫން" ފޮންޓަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި ފޮންޓް ތަޢާރަފުކުރީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެންނެވެ. ފޮންޓް ތައްޔާރުކުރީ ދިވެހި ޓައިޕް ފައުންޑަރީންނެވެ. އަދި މި ފޮންޓް ދައްކާލުމަށް ޚާއްޞަ މަޢުރަޟެއް ވެސް ބޭއްވިއެވެ.

މި މަޢުރަޟަށް ވަޑައިގެން ނެންގެވި ބައެއް ފޮޓޯތައް ހިއްސާކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމުކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށެވެ.

"ދިވެހިބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް މިއީ. ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި 'މައުމޫން' ފޮންޓް ފަރުމާކުރެއްވި ގްރެފިކް ޑިޒައިނަރ ޢަބްދުﷲ ޝަފީޢު އަދި އަކުރު ޓައިޕްއަށް މަރުޙަބާ ދަންނަވަން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން، "މައުމޫން" ފޮންޓް ފަރުމާކުރެއްވި ގްރެފިކް ޑިޒައިނަރަށްވެސް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވާފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%