ބޭ އޮފް ބެންގޯލް ޕްރޮގްރާމްގެ 13 ވަނަ ގަވަނިން ކައުންސިލް ބައްދަލުވުން ބާއްވައިފި

އާނާ ފަހީމް | 20 ދުވަސް ކުރިން - 19:18
ބީއޯބީޕީ-އައިޖީއޯގެ 13ވަނަ ގަވަނިން ކައުންސިލް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަރުކާރު
ބީއޯބީޕީ-އައިޖީއޯގެ 13ވަނަ ގަވަނިން ކައުންސިލް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަރުކާރު
ޚުލާސާ

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބީއޯބީޕީ-އައިޖީއޯގެ 13 ވަނަ ބައްދަލުވުމުގައި ކުރައްވައިފި.

ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13ވަނަ ގަވަނިން ކައުންސިލް ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މި ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ބޭ އޮފް ބެންގޯލް ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި ކަނޑަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، އިގްތިސާދާއި، ސަގާފަތުގެ މައިގަނޑު ބައެއް ކަމަށްވާތީ، ބީއޯބީޕީ-އައިޖީއޯ އާއެކު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ބީއޯބީޕީ-އައިޖީއޯ އިން ދިވެހިރާއްޖޭގެ މަސްވެރިކަން މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަދާ ކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ ތެރޭގައި މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، މޮނިޓަރިން އަދި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގައި މަސްވެރިކަން މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އައިޔޫޔޫ މަސްވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާ ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. ބައްދަލުވުމުގައި ބީއޯބީޕީ-އައިޖީއޯގެ މެމްބަރު ޤައުމުތަކުގެ އިސް ވެރިންނާއި، މަސްވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވން ބައިވެރިވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%