އާޝިގީ 3" ގެ ޓީޒާ ދައްކާލައިފި"

އައިޝަތު ރުވާ ރިފްޢަތު | 45 ދުވަސް ކުރިން - 15:26
"އާޝިގީ 3" ޓީޒާ ފޯސްޓަރ.
"އާޝިގީ 3" ޓީޒާ ފޯސްޓަރ.
ޚުލާސާ

ޓީޒާގައި ފެންނަ މަންޒަރުތަކުން ކަރްތިކް ފެނިގެންދަނީ މިއުޒިޝަނެއްގެ ރޯލުން އަދި އޭނާއާއިއެކު ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ ސްރީލީލާ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަރްތިކު އާރްޔަން ފެނިގެންދާ "އާޝިގީ 3" ގެ ޓީޒާ މިއަދު ދައްކާލައިފިއެވެ.

ކަރްތިކް ވަނީ މި ޓީޒާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައެވެ.

ޓީޒާގައި ފެންނަ މަންޒަރުތަކުން ކަރްތިކް ފެނިގެންދަނީ މިއުޒިޝަނެއްގެ ރޯލުންނެވެ. އަދި އޭނާއާއިއެކު ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ ސްރީލީލާއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އަރުނާގު ބާސޫ އޭނާގެ އިންސްޓަގްރާމްގައި ވަނީ "އާޝިގީ 3" ގެ ޝޫޓިން މިހާރު ފަށާފައިވާކަން އިޢުލާނުކޮށްފައެވެ.

ގިނަ ބަޔަކު އުންމީދު ކުރަމުން ދިޔައީ ބަތަލާއެއްގެ ރޯލުން ތްރިޕްތީ ފެނިގެން ދިއުމަށެވެ. ނަމަވެސް ޓީޒާގައި ތްރިޕްތީ ފެނިގެން ނުދިއުމުން އޭނާއަކީ މި ފިލްމުގެ ހިއްސާއެއް ނޫން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

"އާޝިގީ" ފްރެންޗައިޒްގެ އާ ބައެއް ނެރޭކަން އިޢުލާން ކޮށްފައިވަނީ ކަރްތިކްއެވެ. އެގޮތުން އޭނާ އެކަން އިޢުލާން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

"އާޝިގީ 3" ގެ އިތުރުން އަނޫރާގް ބާސޫ އަންނަނީ 2007 ވަނަ އަހަރު ނެރުުނު "ލައިފް އިން އަ މެޓްރޯ" ގެ ސީކުއެލް "މެޓްރޯ އިން ޑިނޯ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަދިތިޔާ ރޯއި ކަޕޫރު، ސާރާ އަލީ ޚާން، އަލީ ފަޒާލް، ފާތިމާ ސަނާ ޝެއިހް، އަނޫޕަމް ކޭރް، ނީނާ ގުޕްތާ، ޕަންކަޖް ތުރިޕަތީ އަދި ކޮންކޮނާ ސެން ޝަރުމާ ހިމެނެއެވެ.

"އާޝިގީ 3" އަކީ ބޮލިވުޑްގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެއް ކަމަށްވުމާއެކު، މި ފިލްމުގެ ޓީޒާ ނެރުމާއި ގުޅިގެން ފޭންސުންގެ މެދުގައި ޝައުގުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%