ރަށްރަށުގެ ދަނޑުވެރިކަމުގެ ތަޖުރިބާ ހިއްސާކުރުން މުހިންމު: ވަޒީރު މާރިޔާ

އައިޝަތު ރުވާ ރިފްޢަތު | 26 ދުވަސް ކުރިން - 11:31
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ/ ފޮޓޯ: ވުޒާރާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ/ ފޮޓޯ: ވުޒާރާ
ޚުލާސާ

ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާ ހިއްސާކުރެވިގެންދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، މިފަދަ ގޮތަކަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވި.

ދަނޑުވެރިކަމުގައި އެއް ރަށުގެ ތަޖުރިބާ އަނެއް ރަށާ ހިއްސާކުރުމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ކައުންސިލް އިދާރާގެ މުވައްޒަފުން އައްޑޫ މީދޫއަށް ކުރި ދަތުރެއްގައި، އެރަށުގެ ޒުވާން ދަނޑުވެރިޔެއްގެ ޑްރެގަން ފުރުޓް ފާމަކާއި ކިއުކަމްބާ ފާމަކަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.

ވަޒީރު މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާއި ހިއްސާ ކުރެވިގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، މިފަދަ ގޮތަކަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ޑްރެގަން ފުރުޓް އަދި ކިއުކަމްބާ ފަދަ ތަފާތު ބާވަތްތަކުގެ ދަނޑުވެރިކަން ކުރިއަރުވައި، އޭގެ މައުލޫމާތު އެހެން ފަރާތްތަކާއި ހިއްސާ ކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ވެގެންދާނެ ރަނގަޅު ފިޔަވަޅެއް. އަދި މިފަދަ ދަތުރުތަކުން ލިބޭ މައުލޫމާތާއި ތަޖުރިބާ ބޭނުން ކޮށްގެން އިތުރު ރަށްރަށުގައި ވެސް ދަނޑުވެރިކަން ކުރިއަރައިގެންދާ ނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫން،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ވިދާޅުވީ ރަށުގެ ކައުންސިލް ތަކުން އެފަދަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރެއްވުމަށް ނަންގަވާފައިވާ އެ ފިޔަވަޅަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރެވި، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%