އިފާޑްގެ ބައްދަލުވުމަށް ވަޒީރު މާރިޔާ އިޓަލީއަށް ފުރާވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 30 ދުވަސް ކުރިން - 15:03
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ. / ފޮޓޯ: ވުޒާރާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި މަހުގެ 12 އާއި 13 އަށް ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިޓަލީއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 12 އާއި 13 އާ ދެމެދު އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި ތަޖުރިބާ ހިއްސާކުރުމާއި، މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުޝާދު ލިބިގެންދާނެއެވެ. މީގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި، ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%