ފެނަކައިން ހިންގި ހުރިހާ އައިސްޕްލާންޓްތައް ހޮނިހިރުގެ ކުރިން މިފްކޯއަށް

އުސްތާޛް މުޙައްމަދު ޢަލީ | 31 ދުވަސް ކުރިން - 14:12
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް. / ފޮޓޯ: މަޖިލިސް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް. / ފޮޓޯ: މަޖިލިސް
ޚުލާސާ

ފެނަކައިގައި ފަންނީ ޤާބިލު މުވައްޒަފުން ނެތުމުގެ ސަބަބުން އައިސްޕްލާންޓްތަކަށް ބޮޑެތި މައްސަލަތައް ދިމާވެފައިވާ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ފާހަގަކުރެއްވި.

ފެނަކައާއި ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައިސްޕްލާންޓްތަކަށް މައްސަލަ ދިމާވީ މިދިޔަ ސަރުކާރުން އައިސްޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލު ކުރުމުން ކަމަށެވެ. އެގޮތުން ފެނަކައިގައި ފަންނީ ޤާބިލު މުވައްޒަފުން ނެތުމުގެ ސަބަބުން އައިސްޕްލާންޓްތަކަށް ބޮޑެތި މައްސަލަތައް ދިމާވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އައިސްޕްލާންޓްތަކާއީ ގުޅޭ އިންޖިނިއަރުން ނެތުން، ރެފްރިޖަރޭޝަން ދާއިރާގެ ބޭފުޅުން ނެތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެކި ހިސާބުތަކުގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓްތަކަށް ވަރަށް ބޮޑަށް މައްސަލަ ޖެހެމުންދާކަން އަދި ބައެއް އައިސްޕްލާންޓްތައް އޮޕަރޭޝަނުން ބޭރުގައި ހުރިކަން ފާހަގަކުރަން,. ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އައިސްޕްލާންޓްތައް ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައެވެ. އަދި އައިސްޕްލާންޓްތަކަށް މިހާރު ދިމާވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްދޯނިތަކުން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހޭދައެއް ހިނގާކަން ފާހަގަކުރައްވާ، ވަޒީރު ވަނީ އައިސްޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް އައު ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން، 50 ފޫޓުން ފެށިގެން ބޮޑު ހުރިހާ މަސް ބޯޓެއްގައި ލޮނު ފެނުން މަސް ފިނިކުރެވޭ ގޮތަށް ހުޅުވާލި ފެސިލިޓީގައި ދޯނިތަކުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%