އޮސްޓްރޭލިއާއިން ޔަހޫދީން ރައްކާތެރިކުރުމަށް އައު ޤާނޫނެއް ތަޢާރަފުކޮށްފި

ޖަވާދު | 32 ދުވަސް ކުރިން - 08:26
އޮސްޓްރޭލިއާގެ މެލްބަންގައި ކުރިޔަށްދާ އެއްވުމެއްގެ ތެރެއިން.
އޮސްޓްރޭލިއާގެ މެލްބަންގައި ކުރިޔަށްދާ އެއްވުމެއްގެ ތެރެއިން.
ޚުލާސާ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލަށް ފާސްކުރި ޤާނޫނުގެ މަޤްޞަދަކީ ޔަހޫދީންނާއި ދެކޮޅު މީހުން ހިފައި ހައްޔަރުކޮށް އަދަބު ދިނުން.

މެދުއިރުމަތީގައި ޔަހޫދީން ޢަމަލު ކުރަމުންދާ ގޮތާއި މެދު ނުރުހި އޮސްޓްރޭލިއާގައި ޔަހޫދީންނާއި ދެކޮޅަށް ޢަމަލުތައް ހިންގާތީވެ އެފަދަ ކަންތަކުން ޔަހޫދީން ސަލާމަތް ކުރުމުގެ ބޭނުމުގައި އައު ޤާނޫނެއް ތަޢާރަފް ކޮށްފިއެވެ.

އެ ޤަނޫނުގައި ޔަހޫދީންނާއި ދެކޮޅަށް ހިންގާ ޙަރަކާތްތަކަކީ ޓެރަރިޒަމް ކަމަށް މާނަކޮށްފައި ވެއެވެ. އެގޮތުން ޓެރަރިޒަމަށް ފައިނޭންސްކުރުމާއި "ޓެރަރގެ ނިޝާންތައް" ދެއްކުން ހިމެނޭގޮތަށް، އެ ޤަނޫނު ފަރުމާ ކޮށްފައި ވަނީ ޖަލު ޙުކުމް އަންނަ ގޮތަށެވެ.

ލޭބަރ ޕާޓީއާއި އިދިކޮޅު ޕާޓީގެ ތާއީދާއެކު ފާސްކޮށްފައިވާ މި ޤާނޫނުގެ ދަށުން، ނާޒީ ނިޝާންތައް ދައްކާނަމަ މަދުވެގެން އެއް އަހަރުގެ ޖަލު ޙުކުމެއް އަންނާނެއ. އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ފަރާތްތަކަށް ތިން އަހަރުގެ ޖަލު ޙުކުމެއް އާދެއެވެ. މީގެ އިތުރުން، ޓެރަރިޒަމް ކަމަށް އެ ޤާނޫނުގައި މާނަކުރާ ކަންތަކާއި ގުޅުންހުރި އެހެނިހެން ކުށްތަކަށް ހަ އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅިދާނެއެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރ ޓޯނީ ބާކް ވިދާޅުވި ގޮތުގައި މިއީ އޮސްޓްރޭލިއާގެ ތާރީޚުގައި އެންމެ ހަރުކަށި ޤާނޫނުތަކުގެ ތެރެއިން އެއް ޤާނޫނެވެ.

ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް މި ޤާނޫނު ދިފާޢުކުރައްވަމުން ވިދާޅުވީ، ސަރުކާރުން ޔަހޫދީ ދެކޮޅު ޙަރަކާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގަސްތުކުރާ ކަމަށެވެ. ބޭނުންވަނީ ޔަހޫދީ ދެކޮޅު ޙަރަކާތްތަކުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް، ދަޢުވާކޮށް، ޖަލަށްލުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%