މި މަހު ލިސްޓު އިޢުލާންކޮށް ސެޕްޓެމްބަރުގެ ކުރިން ފުލެޓް ދޫކޮށް ނިންމާނެ: ރައީސް

ހުސައިން އިސްމާއިލް | 34 ދުވަސް ކުރިން - 11:03
ރައީސް ރިޔާސީ ބަޔާން އިއްވަނީ / ފޮޓޯ: މަޖިލިސް.
ރައީސް ރިޔާސީ ބަޔާން އިއްވަނީ / ފޮޓޯ: މަޖިލިސް.
ޚުލާސާ

ދޮގު މަޢުލޫމާތުދީ ކޮރަޕްޝަނުގެ ތެރެއިން ފުލެޓް ހޯދަން އުޅުނު މީހުން ކެންސަލް ވާނެ ކަމަށާއި، ލިސްޓު އެކުލަވާލާނީ ޢަދުލުވެރިކަމާއި އިންސާފާއެކު ކަމަށް ރައީސް ވިދާޅުވި.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުންދާ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިޢުލާންކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރިންނާ ޙަވާލުކުރާނެ ކަމަށްނރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށްގެންދާ 4،000 ފްލެޓް ނިންމުމާއި، އެ ތަންތަން ލިބޭނެ ކަމަށް އިޢުލާންކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ޞައްޙަކަން ބެލުމަކީ މި ސަރުކާރުން ޙައްލުކުރަން ޖެހިފައިވާ "ވަރަށް ޙައްސާސް މައްސަލައެއް" ކަމަށެވެ.

"މަކަރާއި ހީލަތުން ފްލެޓް ހޯދުމަށް މަސައްކަތްކުރި މީހުން އަޅުގަނޑުމެން އިޢުލާންކުރާ ލިސްޓުގެ ތެރޭގައި ނުހިމެނޭނެ. ލިޔެކިޔުން ބަދަލުކޮށްގެން ނުވަތަ ދޮގު މަޢުލޫމާތު ދީގެން ފްލެޓާއި ގޯތި ހޯދަން މަސައްކަތްކުރި މީހުން ކެންސަލްވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މި މައްސަލައަކީ އެތައް ބައެއްގެ ޝަކުވާތަކަކާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި، އެހެންކަމުން ލިސްޓު އިޢުލާން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ. އަދި ފްލެޓްތައް ދޫކުރުމުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%