އާރިޔަންގެ ފުރަތަމަ ވެބް ސީރީޒްގެ ޓައިޓަލް ޓްރެއިލް ޓީޒާ ނެރެފި

އައިޝަތު ރުވާ ރިފްޢަތު | 57 ދުވަސް ކުރިން - 22:45
އާރިޔަންގެ ވެބް ސީރީޒްގެ ޓައިޓަލް ޓީޒާގެ ފޮޓޯއެއް
އާރިޔަންގެ ވެބް ސީރީޒްގެ ޓައިޓަލް ޓީޒާގެ ފޮޓޯއެއް
ޚުލާސާ

"ދަ ބޭޑްސް އޮފް ބޮލީވުޑް" މި ނަމުގައި ނެރުނު މި ޓީޒާގައި ޝާހްރުކް ޚާނާއި އޭނާގެ ދަރިފުޅު އާރިޔަން ފެނިފައިވޭ. މީގެ ކުރިން މީޑިއާތަކުން ބުނަމުން އައީ މި ސީރީޒްގެ ނަމަކީ "ސްޓާޑަމް" ކަމަށް.

ބޮލީވުޑްގެ ބޮޑު ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރިޔަން ޚާން ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒްގެ ޓައިޓަލް ޓީޒާ އިއްޔެ ނެރެފިއެވެ. މި ޓީޒާ ދައްކާލީ ނެޓްފްލިކްސްއިން ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް" މި ނަމުގައި ނެރުނު މި ޓީޒާގައި ޝާހްރުކް ޚާނާއި އޭނާގެ ދަރިފުޅު އާރިޔަން ވަނީ ފެނިފައެވެ. މީގެ ކުރިން މީޑިއާތަކުން ބުނަމުން އައީ މި ސީރީޒްގެ ނަމަކީ "ސްޓާޑަމް" ކަމަށެވެ.

މި ސީރީޒްގެ ވާހަކަ ލިޔެފައިވަނީ އާރިޔަން ޚާނާއި ބިލާލް ސިއްދީގީ ގުޅިގެންނެވެ. ބިލާލަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން 2019 ގައި ނެޓްފްލިކްސްއަށް ގެނައި "ދަ ބާޑް އޮފް ބްލަޑް" ގެ ވެސް ލިޔުންތެރިޔާއެވެ.

މި ސީރީޒްގައި ފިލްމީ ދާއިރާގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ނެޓްފްލިކްސްއިން މި ސީރީޒްގެ ކާސްޓާއި ބެހޭ މަޢުލޫމާތު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން މި ސީރީޒްގެ މައިގަނޑު ދައުރުތަކުގައި ފެންނާނީ ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާއެވެ.

މީގެ އިތުރުން، ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް މި ސީރީޒްގެ ކާސްޓްގައި ހިމެނޭ ކަމަށް ބުނެވެއެވެ. އަދި ޝާހްރުކް ޚާން، ސަލްމާން ޚާން، ރަންބީރް ކަޕޫރް، ރަންވީރް ސިންގް، އާލިއާ ބަޓް، އަނަންޔާ ޕާންޑޭ އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ފަދަ މަޝްހޫރު ތަރިން މި ސީރީޒްގެ ޚާއްޞަ ފެނިލުންތަކުގައި ފެނިދާނެ ކަމަށް ބެލެވެއެވެ.

މި ސީރީޒް ނެޓްފްލިކްސްގައި ދައްކަން ފަށާނެ ތާރީޚެއް އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ބޮލީވުޑްގެ ފޭނުން މި ސީރީޒަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%