ދެމަސްތެރޭގައި ތުރްކިޔޭ-ރާއްޖެ ޕީޓީއޭ އެކްޓިވް ވާނެ: ސައީދު

އައިޝަތު ރުވާ ރިފްޢަތު | 39 ދުވަސް ކުރިން - 19:42
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޚުލާސާ

މި އެއްބަސްވުމުގެ ދަށުން ތުރްކިޔޭން ގެންނަ ގިނަ މުދާ ޑިއުޓީ ފްރީވެގެން ދާނެ. އެއީ އެތެރެ ކުރާ މުދާތަކުގެ ގާތްގަނޑަކަށް 80 އިންސައްތަކަމަށް މިނިސްޓަރ ސައީދު ވިދާޅުވި.

ރާއްޖެއާއި ތުރްކިޔޭ އާއި ދެމެދު ޤާއިމްކުރާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) ކުރިޔަށް އޮތް ދެމަސްދުވަހުގެ ތެރޭގައި އެކްޓިވްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ސައީދު ވަނީ ވިޔަފާރީގެ ރޮނގުން އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ތުރްކިޔޭ އިން ގެންނަ ގިނަ މުދާ ޑިއުޓީ ފްރީވެގެން ދާނެކަމަށެވެ. އެއީ އެތެރެ ކުރާ މުދާތަކުގެ ގާތްގަނޑަކަށް 80 އިންސައްތައެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް މި އަހަރު ގިނަ ފުރުސަތުތައް ހުޅުވާލެވިގެން ދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، މިނިސްޓަރ ވިދާޅުވީ ޓްރޭޑްމާކްލުމާއި، ބްރޭންޑު ރައްކާކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ޔަގީންކަން ދިނުމުގެ ގޮތުން ގާނޫނީ އޮނިގަނޑެއް އެކުލަވާލާނެ ކަމަށެވެ. މީގެ އިތުރުން، އޮންލައިން ވިޔަފާރިތަކަށް ވެސް ކުރިން ނުލިބި ހުރި ފުރުސަތުތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއާއި ތުތްކިޔޭގެ ފްރީ ޓްރޭޑް އެގްރިމަންޓުގެ އެއްބަސްވުން ދިވެހި ސަރުކާރުން އެކުލަވާލާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ތެރެއިން 38 ބާވަތަކުން ޑިއުޓީ ކަނޑާލަން ރާއްޖެއިން ވަނީ އެ ޤައުމުގެ ސަރުކާރުގައި އެދިފައެވެ.

މީގެ ކުރިން މި އެއްބަސްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ، އެންމެ އިސްކަމެއް ދީފައި ވަނީ ޔެލޯފިން ޓޫނާއާއި ސްކިޕްޖެކް ޓޫނާ އަދި ހިކިމަހުގެ ބާވަތްތަކުން ތައްޔާރު ކުރާ ކާނާއަށް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%