ދައުލަތުގެ ރިޒާވް އިތުރުވެއްޖެ

ހުސައިން އިސްމާއިލް | 38 ދުވަސް ކުރިން - 16:58
އެމްއެމްއޭ - ދައުލަތުގެ ރިޒާވް ޑިސެންބަރު މަހު ވަނީ އިތުރުވެފައި. / ފޮޓޯ: ޚުލާޞާ
އެމްއެމްއޭ - ދައުލަތުގެ ރިޒާވް ޑިސެންބަރު މަހު ވަނީ އިތުރުވެފައި. / ފޮޓޯ: ޚުލާޞާ
ޚުލާސާ

ޑިސެންބަރު މަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި، އޭގެ ކުރީ މަހާއި އަޅާބަލާއިރު ޔޫޒަބަލް ރިޒާވް 17.4 މިލިއަން ޑޮލަރު ވަނީ އިތުރުވެފައި. ރަސްމީ ރިޒާވް ވެސް މިވަނީ 57 މިލިއަން ޑޮލަރަށް އިތުރު ވެފައި.

ރާއްޖޭގެ ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިތުރުވެއްޖެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔައަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 673.2 މިލިއަން އެމެރިކާ ޑޮލަރެވެ. ނޮވެމްބަރު މަހު ރަސްމީ ރިޒާވްގައި ހުރީ 616.2 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވްގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

އެމްއެމްއޭއިން މިހާރު ޔޫޒަބަލް ރިޒާވް ހިސާބުކުރަނީ ރަސްމީ ރިޒާވްއަށް ފޮރިން ކަރެންސީ އެސެޓްސް އެއްކުރުމަށްފަހު ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނިކޮށްގެންނެވެ. މި ގޮތުން ބަލާއިރު، ޑިސެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 63.2 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހުގައި ހުރީ 45.8 މިލިއަން ޑޮލަރެވެ. އެހެންކަމުން ކުރީ މަހާއި އަޅާބަލާއިރު ޔޫޒަބަލް ރިޒާވް 17.4 މިލިއަން ޑޮލަރުގެ އިތުރުވެފައި ވާއިރު، ރަސްމީ ރިޒާވް ވެސް މިވަނީ 57 މިލިއަން ޑޮލަރަށް އިތުރު ވެފައެވެ.

ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކާއި، ދައުލަތުގެ ޚަރަދުތައް މާ ބޮޑު ކަމަށް ބުނާއިރު، ފެންނަ ތަފާސް ހިސާބުތަކުން ޙަޤީޤަތުގައި އެނގިގެން މިދަނީ ދައުލަތުގެ ދުވެލި ވަރަށް ރަނގަޅު ކަމެވެ.

ސަރުކާރުން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%