ކުޑަހުވަދޫ މަތަނުކުރެވުނު، ޖެހިޖެހިގެން 4 ވަނަ ފަހަރަށް ތަށި ނަގައިފި

އުސްތާޛް މުޙައްމަދު ޢަލީ | 44 ދުވަސް ކުރިން - 07:55
ފޮޓޯ: އިމޭޖަސް އެމްވީ
ފޮޓޯ: އިމޭޖަސް އެމްވީ
ޚުލާސާ

މާއެނބޫދޫ ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ތަށި މިފަހަރު ވެސް ކުޑަހުވަދޫއަށް. މިއީ ދ. އަތޮޅުގެ ތަށި ޖެހިޖެހިގެން ހޯދި 4ވަނަ ފަހަރު. ރޭގެ މެޗު ކުޑަހުވަދޫއިން ނިންމާލީ 2-1 ގެ ނަތީޖާއަކުން.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ދ. އަތޮޅު ފައިނަލުގައި ކުޑަހުވަދޫ އިން މާއެނބޫދޫ އަތުން 3-2 އިން މޮޅުވެ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ދ. އަތޮޅުގެ ތަށި ހޯދައިފިއެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ކުޅުނީ ހަމަ މި ދެޓީމެވެ. އެފަހަރު ވެސް މާއެނބޫދޫއަކަށް ކުޑަހުވަދޫ ބައްޔެއް ނުކުރެވުނެވެ.

މި ފަހަރުގެ މުބާރާތުގައި މާއެނބޫދޫއިން ވަނީ ފުރަތަމަ މެޗުން ކުޑަހުވަދޫ ބަލިކޮށްފައެވެ. އެއީ 5-3 ލަނޑުންނެވެ.

ނަމަވެސް، ފައިނަލް މެޗުގައި ކުޑަހުވަދޫއިން މިވަނީ ބަދަލު ހިފައިފައެވެ.

ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ކުޑަހުވަދޫގެ މުހައްމަދު އަރީޝެވެ. މާއެނބޫދޫން އެއްވަރުކުރުމަށްފަހު، ދެވަނަ ހާފުގައި ކުޑަހުވަދޫގެ ހުސެއިން އިފްހާމް އާއި މާޔިޒް ވަހީދު ޖެހި ދެ ލަނޑުން އެ ޓީމަށް ރަނގަޅު ލީޑެއް ލިބުނެވެ. މެޗުގެ ފަހުކޮޅުގައި މާއެނބޫދޫން އިތުރު ލަނޑެއް ޖެހި ނަމަވެސް، އެއްވަރުކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަރީޝެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މާއެނބޫދޫ ޓީމުގެ އާމިލް އަލީ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%