އިތުރު ތިން ފަރާތަކުން "ފަވަރަ"ގެ ހިދުމަތް ދޭން ފަށައިފި

އަހްމަދު އީޒާން | 43 ދުވަސް ކުރިން - 02:04
ޚުލާސާ

"ފަވަރަ"ގައި އަލަށް ބައިވެރިވެ، އެ ހިދުމަތް ދޭން ފެށި ތަންތަނަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ"ގެ ހިދުމަތް އިތުރު ތިން ފަރާތަކުން ދޭން މިއަދު ފަށައިފި އެވެ.

"ފަވަރަ"ގައި އަލަށް ބައިވެރިވެ، އެ ހިދުމަތް ދޭން ފެށި ތަންތަނަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ހިދުމަތް ދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާއި ގުޅުނު ފުރަތަމަ ކުންފުންޏެވެ.

އެމްއެމްއޭ އިން ބުނީ މި ތިން ފަރާތުން ވެސް ފަވަރައާއި ގުޅުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލެޓް ޓެސްޓިންގެ މަރުހަލާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެޗްބީއެލް އާއި ސީބީއެމް އަދި ދިރާގު ފިންޓެކްގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހައި ހިދުމަތްތައް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ފަވަރައާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމްއާއި އެކު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދޭ ހުރިހާ ބޭންކުތަކެއް މިހާރު މި ވަނީ އެ ސިސްޓަމްގައި ބައިވެރިވެފަ އެވެ.

އެމްއެމްއޭ އިން ބުނީ އަދިވެސް އެހެން ފަރާތްތައް ކުރިއަށް އޮތް ތަނުގައި މި ހިދުމަތާއި ގުޅޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%