ސިތާރޭ ޒަމީން ޕަރް މިއަހަރުގެ ފަހުކޮޅު ރިލީޒްކުރާނީ

އައިޝަތު ރުވާ ރިފްޢަތު | 65 ދުވަސް ކުރިން - 16:44
ސިތާރޭ ޒަމީން ޕަރްގެ ޕޯސްޓަރ
ސިތާރޭ ޒަމީން ޕަރްގެ ޕޯސްޓަރ
ޚުލާސާ

"ސިތާރޭ ޒަމީން ޕަރް" އާއި 2007 ވަނަ އަހަރުގެ "ތާރޭ ޒަމީން ޕަރް" އާ ދެމެދު ހުރި އެއްގޮތްކަމަކީ ދެ ފިލްމުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ބަޔަކަށް ފިލްމު ބިނާވެފައިވުން ކަމަށް އާމިރްޚާން ހާމަކުރި

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާން ޕްރޮޑިއުސްކުރާ ފިލްމު "ސިތާރޭ ޒަމީން ޕަރް" މިއަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް އާމިރް ޚާން ބުނެފިއެވެ.

އިންޑިއާގެ ރިޕަބްލިކް ދުވަހުގެ މުނާސަބަތުގައި ދިން އިންޓަވިއުއެއްގައި އާމިރް ބުނިގޮތުގައި، މި ފިލްމު ސިނަމާ ތަކުގައި ދައްކަން ހަމަޖެހިފައި ވަނީ މިއަހަރުގެ ކްރިސްމަސް ސީޒަންގައެވެ. ކުރިން މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށާއި، ނަމަވެސް މިހާރު ފިލްމު ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އާމިރް ބުންޏެވެ.

"ސިތާރޭ ޒަމީން ޕަރް" އަކީ އާމިރް ޚާން ޕްރޮޑިއުސްކޮށް އަދި ކުޅެފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އާރްއެސް ޕްރަސައްނާއެވެ. މިއީ ސްޕެއިންގެ 2018 ވަނަ އަހަރުގެ "ޗެމްޕިއަންސް" ފިލްމުގެ އަސްލަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ހާއްސަ އެހީއަށް ބޭނުންވާ ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޓީމެއް ގޮވައިގެން ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކުރަން ކޯޗަކު ކުރާ މަސައްކަތެވެ.

އާމިރް ޚާން ބުނީ "ސިތާރޭ ޒަމީން ޕަރް" އާއި 2007 ވަނަ އަހަރުގެ "ތާރޭ ޒަމީން ޕަރް" އާ ދެމެދު ހުރި އެއްގޮތް ކަމަކީ ދެ ފިލްމުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ބަޔަކަށް ފިލްމު ބިނާވެފައި ވުމެވެ. އަދި މި ފިލްމަކީ ބެލުންތެރިންނަށް މަޖާވެ، އިބުރަތް ލިބިގެންދާނެ ފިލްމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، އާމިރް ޚާން މިހާރު ދަނީ "ލާހޯރު 1947" އަދި "އޭކް ދިން" ފަދަ އެހެނިހެން ޕްރޮޖެކްޓު ތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%