މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

އައިޝަތު ރުވާ ރިފްޢަތު | 46 ދުވަސް ކުރިން - 14:41
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު.
ޚުލާސާ

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ހައްލަކީ މަތީ ސާނަވީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި.

މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

"އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު" ގެ ނަމުގައި ކުރިއަށްގެންދާ އެއް ދުވަހުގެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާ އެއްގޮތަށް މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމަށް އައު އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ހައްލަކީ މަތީ ސާނަވީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ޕައިލެޓު ޕްރޮގުރާމެއްގެ ދަށުން މާލޭގެ ސްކޫލްތަކުގައި މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ ޢަދަދު 109 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށާއި، އަތޮޅުތެރޭގައި މި ޢަދަދު 54 އިންސައްތަ މަތިކުރެވިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މި ސަމިޓުގައި ތަޢުލީމީ ދާއިރާއަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށާއި، 2023 ވަނަ އަހަރު ތަޢުލީމީ ދާއިރާއަށް އައި ކުރިއެރުންތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށް، 2024 ވަނަ އަހަރުގެ ތަޢުލީމީ ދާއިރާގެ ފައިނަލް ރިވިއު އެކުލަވާލެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%