އީސީއަށް ޒާހިދާއި ސަލާހް އައްޔަންކޮށްފި

އަހްމަދު އީޒާން | 45 ދުވަސް ކުރިން - 12:47
ޚުލާސާ

އެ ދެ ބޭފުޅުން މެންބަރު ކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު އައްޔަންކޮށްފި އެވެ.

އެ ދެ ބޭފުޅުން މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަވާލުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި މެންބަރު ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ޒާހިދާއި ޞަލާޙް ހުވާކުރެއްވި އެވެ.

އެ ދެ ބޭފުޅުން މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަމާއި މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ

ޞަލާހަކީ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

އީސީގެ ދެ މެންބަރެއްގެ މަގާމު ހުސްވީ ކުރިން ތިއްބެވި، ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާއި ހިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރުމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%