އޭސީސީ އަށް ދެ މެމްބަރުން އައްޔަންކޮށްފި

އަހްމަދު އީޒާން | 45 ދުވަސް ކުރިން - 12:44
ޚުލާސާ

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ މަގާމުގެ ހުވައި ކުރައްވައިފައި.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް އަހުމަދު ނާޝިދާއި އަބްދުﷲ ނާޝިދު މިއަދު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ މަގާމުގެ ހުވައި ކުރައްވައިފަ އެވެ.

‎އެ ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އޭސީސގެ މެންބަރު ކަމަށް އެ ދެ ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވައިފައެވެ.

އަހުމަދު ނާޝިދަކީ ކުރިން ޕޮލިސް ބޯޑްގެ މެންބަރު ކަމާއި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

‎އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަ އޮފް އެޑިއުކޭޝަން ސްކޫލް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭސީސީ އަށް މިއަދު އައްޔަންކުރެއްވި ދެ މެންބަރުންނަކީ މި މަހުގެ 20 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން ދިން ދެ ބޭފުޅުންނެވެ.

އޭސީސީ އަށް އައު ދެ މެންބަރަކު އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ޠާޙާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އަމިއްލައަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%