ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި މިހާރު 3000 މެންބަރުން ހަމަނުވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިއަދު އީސީއިން ޢާންމުކުރި މައުލޫމާތުގައި ވާގޮތުން ޕީއެންއެގްގައި ތިބީ އެންމެ 2822 މެންބަރުންނެވެ. މިއީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ޝަރުތު ވެސް ހަމަނުވާ ވަރުގެ ދަށް ޢަދަދެކެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރެވުނީ ވެސް ވަރަށް ހާލުން މެންބަރުން ހަމަކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް އޭރު ވިދާޅުވި ގޮތުގައި، ޕީއެންއެފް އުފެއްދުމަށް އެންމެ ފުރަތަމަ ހުށަހެޅި 3370 ފޯމުގެ ތެރެއިން އޭރު ޞައްޚަވީ އެންމެ 1313 ފޯމެވެ. ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވަނީ 3000 މެންބަރުންގެ ފޯމެވެ. އެހެންކަމުން އަނެއްކާ އެތައް ވަރަކުން މަސައްކަތްކޮށްގެން ފަހުން ވަނީ 3000 މެންބަރުން ހަމަކޮށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިކަން ވެސް ފާހަގަ ކުރެވެއެވެ،
ސިޔާސީ ދާއިރާގައި ޕީއެންސީ މިހާބޮޑަށް ނިކަމެތިވެ އަނަރޫފަވީ ރައީސް ޔާމީނުގެ ކައިރީގައި ޤައުމު ދެކެ ލޯބިވާ އަދި ހެޔޮއެދޭ މީހުން ނެތުމުން ކަމަށް ފާހަގަކުރެވެއެވެ. ޕާޓީ އުފެއްދުމަށްފަހު މެންބަރުން މިހާ ބޮޑަށް މަދުވެފައިވުމަކީ، ރައީސް ޔާމީނުގެ ސިޔާސީ މުސްތަޤުބަލާއިމެދު ސުވާލު އުފެދޭ ކަމެކެވެ.
ސިޔާސީ މާހިރުން ދެކޭގޮތުގައި، ޕީއެންއެފް ސިޔާސީ މައިދާނުގައި ކަފުންވެދާނެ ކަމުގެ ބިރު އެބައޮތެވެ.