ރ. އަތޮޅުގެ ދަތުރުފުޅު: މިއަދުގެ ފުރަތަމަ މަންޒިލަކަށް ކިނޮޅަސް

ހުސައިން އިސްމާއިލް | 48 ދުވަސް ކުރިން - 09:40
ޚުލާސާ

ރ. އަތޮޅަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ 8 ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ތަރައްޤީގެ ގިނަ މަޝްވަރާތައް ކުރައްވައި، ބައެއް ޕްރޮޖެކްޓިތައް ފައްޓަވައިދެއްވާފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އެއަތޮޅު ކިނޮޅަހަށް ދަތުރު ފައްޓަވައިފިއެވެ. އެމަނިކުފާނު ކިނޮޅަހަށް ފުރާވަޑައިގަތީ އިންނަމާދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. ރޭ ވެސް އެމަނިކުފާނު ހުންނެވީ އިންނަމާދޫގައިކަން ފާހަގަ ކުރެވެއެވެ.

މި ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ 8 ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ތަރައްޤީގެ ގިނަ މަޝްވަރާތައް ކުރައްވައި، ބައެއް ޕްރޮޖެކްޓިތައް ފައްޓަވައިދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާން ކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%