ޑީއާރުޕީގެ ދަރަންޏާއި ގުޅުވައި، ކުރީގެ ރައީސް މައުމޫންގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ކެންސަލް ކޮށްފި

ހުސައިން އިސްމާއިލް | 70 ދުވަސް ކުރިން - 11:10
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެމަނިކުފާނާއި ޑީއާރްޕީގެ ދަރަންޏާއި ގުޅުވޭނީ އެމަނިކުފާނު ރުހޭ ނަމަ ކަމަށް ސިވިލް ކޯޓުގެ ޙުކުމުން އެނގޭ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެމަނިކުފާނާއި ޑީއާރްޕީގެ ދަރަންޏާއި ގުޅުވޭނީ އެމަނިކުފާނު ރުހޭ ނަމަ ކަމަށް ސިވިލް ކޯޓުގެ ޙުކުމުން އެނގޭ.
ޚުލާސާ

މިއީ ޖާބިރުގެ ޑީއާރްޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޑީއާރުޕީގެ ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރެވޭނީ އެ ފަރާތެއް އެގޮތަށް ރުހޭ ނަމަ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް އެ މަނިކުފާނު ޒިންމާ ކުރުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން، މިއަދު ކެންސަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް އެ ކޯޓުގެ އަޑުއެހުންތަކުގެ ތާވަލުން މި މައްސަލަ ވަނީ އުނިކޮށްފައެވެ. އަޑުއެހުން ފަސްކުރި ސަބަބު މިވަގުތު އެނގެން ނެތެވެ.

މި މައްސަލައިގެ އަސްލަކީ އެމްޓީސީސީއަށް ޑީއާރުޕީން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީ އުވާލުމާއި ގުޅިގެން، އެމްޓީސީސީން ވަނީ މި ފައިސާ ހޯދުމަށް ޑީއާރުޕީގެ ފުރަތަމަ ޒައީމު، މައުމޫންގެ އަތްޕުޅުން ހޯދަން އެދި ދައުވާ ކޮށްފައެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ މައުމޫން މި ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެމްޓީސީސީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައެވެ.

މައުމޫންގެ ފަރާތްޕުޅުން ވިދާޅުވަމުން އަންނަނީ ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. މި ނުކުތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޑީއާރުޕީގެ ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރެވޭނީ އެ ފަރާތެއް އެ ގޮތަށް ރުހޭ ނަމަ ކަމަށެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%