ދުނިޔޭގެ ސުލްޙައާއި އަމާންކަން ޤާއިމްކުރުމަށްޓަކައި ރާއްޖެއާއި އެމެރިކާ އާއި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ބޭނުންވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްލަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ 47 ވަނަ ރައީސްކަމުގެ މަޤާމާއި ޑޮނަލްޑް ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވުމާއި ގުޅިގެން ތަހުނިޔާ ދެންނެވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، މިވަގުތަކީ ދުނިޔެ ނުތަނަވަސްކަމާއި ހަމަނުޖެހުމުގެ ތެރޭގައި އޮތް ދަނޑިވަޅެއް ކަމަށާއި، މިފަދަ ވަގުތެއްގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ރައީސް ޓްރަމްޕަށް ޚިކުމަތާއި ކެތްތެރި ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ..
މީގެއިތުރުން، ދުނިޔޭގެ ސުލްޙައާއި އަމާންކަން ޤާއިމްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ކުރިއްސުރެ އޮތް ގުޅުން އިތުރަށް ފުޅާކޮށް، ދެ ފަރާތަށްވެސް ފައިދާވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އުއްމީދުކުރައްވާ ކަމަށްނވެސް ވިދާޅުވެފައިވެއެވެ.