ފެނަކައިގެ ދަރަނީގެ 90% ރޯދައިގެ ކުރިން ދައްކައި ޚަލާސްކުރެވޭނެ

އާނާ ފަހީމް | 56 ދުވަސް ކުރިން - 10:25
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް.
ޚުލާސާ

މިހާރު ވެންޑަރުންނަށް 640 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި އޮތްއިރު، ދަރަނީގެ 90% ރޯދަމަހުގެ ކުރިން ދައްކައި ޚަލާޞް ކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވެއްޖެ.

ފެނަކަ ކުންފުނީގެ ދަރަނީގެ ބޮޑު ބައެއް ރޯދަމަހުގެ ކުރިން ދައްކައި ޚަލާޞް ކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، ފެނަކައިގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

ނަޖާހް ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް އާ އަހަރަށް ބައްޓަންކޮށްފައިވަނީ، ދަރަނި ދެއްކުމަށާއި ހިންގުން ހަރުދަނާ ކުރުމަށާއި އަދި ޚިދުމަތްތައް ފުޅާކުރުމަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން ދަރަނި އަވަހަށް ދެއްކުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ ރޯދައާއި ހަމައަށް މުޅި ޖުމްލަ އެއްކޮށް ދައްކާ ޚަލާޞް ނުކުރެވުނަސް، މީގެ މެޖޯރިޓީ 90% ކްލިއަރ ވާނެ ކަމަށް. ބާކީ ހުރި އެއްޗެއް ވެއްޖެއިއްޔާ ކުންފުނީގެ ތެރެއިން ޚަލާޞް ކޮށް ނިންމާލާނަން. އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިއަށް ވާނެ" ނަޖާހު ވިދާޅުވިއެވެ.

ފެނަކައިން ދަރަނިތައް ދެއްކުމާއެކު ކުންފުނީގެ ޚަރަދުތައް ވެސް ވަނީ ކުޑަކޮށްފައެވެ. 2023 ވަނަ އަހަރާއި އަޅާބަލާއިރު، 160 މިލިޔަން ރުފިޔާ ހިންގުމުގެ ޚަރަދުން ކުޑަކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%