ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބެލެވޭ ދެ މީހަކު ފުލުހުން އަނެއްކާވެސް ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ..
ފުލުހުން ބުނީ، ހައްޔަރުކުރި ދެ މީހުންނަކީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ،ަންކާވިލާ، އަހްމަދު ނިއުޝާދު (34 އަހަރު) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އަހަރު) އެވެ.
މި ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ މިދިޔަ ޑިސެމްބަރު 9 ވަނަ ދުވަހު ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ތެރެއިންނެވެ. ނަމަވެސް އެ މީހުން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ދޫކޮށްލަން އަމުރުކުރުމާއި ގުޅިގެން އެ މީހުން ދޫކޮށްލާފައިވެއެވެ.
މިފަހަރު މި ދެ މީހުން ދެވަނަ ފަހަރަށް ހައްޔަރުކޮށް، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމީ ހަސަން އާޒިމްގެ ބަންދަށް 7 ދުވަސް އަދި އަހްމަދު ނިއުްމަދު ނިއުޝާދުގެ ބަންދަށް 10 ދުވަސް ދިނުމަށެވެ.