އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ވަގުތީ ޙައްލެއް ހޯދަނީ: ފެނަކަ

އާނާ ފަހީމް | 61 ދުވަސް ކުރިން - 12:19
އައްޑޫ ސިޓީ/ ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީ/ ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާއިރު، އެއް ޖެންސެޓްގެ މައްސަލަ މިއަދު ޙައްލުވާނެކަމަށް ފެނަކައިން ބުނެފި.ނަމަވެސް، މައްސަލަ ފުރިހަމައަށް ޙައްލުވަންދެން ވަކި ތާވަލަކާއި އެއްގޮތަށް ކަރަންޓު ކަނޑަމުންދާނެ.

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެއް ޖެންސެޓްގެ މައްސަލަ މިއަދު ޙައްލުވާނެކަމަށް ފެނަކަ ކޯޕަރޭޝަންއިން މިއަދު ހާމަކޮށްފިއެވެ.

ވޭތުވެދިޔަ ތިން ދުވަހު އައްޑޫގެ އެކި ރަށްތަކުން އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުންދިޔައެވެ.

ފެނަކައިން ބުނާ ގޮތުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ހައުސްގައި ބޭނުންކުރާ 20 އިންޖީނުގެ ތެރެއިން 5 އިންޖީނަކަށް މައްސަލަ ކުރިމަތިވެފައިވެއެވެ. މި މައްސަލަ ފުރިހަމައަށް ޙައްލުކުރެވެންދެން، ކަރަންޓު ލޯޑު ހިފެހެއްޓުމަށްޓަކައި ގުޅިފައިވާ ރަށްތަކުގެ އެކި ސަރަޙައްދުތަކުން ވަކި ތާވަލަކާއި އެއްގޮތަށް ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ބުނެފައިވެއެވެ.

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ނުލިބި އަހަރުތަކެއް ވެފައިވާއިރު، މިހާރު އެ ސިޓީގައި 26.8 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ޤާއިމުކޮށްފައިވީނަމަވެސް، އޭގެ ތެރެއިން ބޭނުންކުރެވޭ ޙާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީއެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް، 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފެނަކައިން ވަނީ މި މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އާންމު ޙާލަތަށް ގެނައުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%