100 ރުފިޔާގެ އައު ނޫޓު މި މަހުގެ 19 ގައި ދައުރުކުރަން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު | 58 ދުވަސް ކުރިން - 21:31
އަލަށް ތާރަފްކުރަން އުޅޭ 100 ރުފިޔާގެ ނޫޓް
އަލަށް ތާރަފްކުރަން އުޅޭ 100 ރުފިޔާގެ ނޫޓް
ޚުލާސާ

މިއީ ރުފިޔާގެ ނިޝާން ތަޢާރަފުކުރި ފަހުން އެ ނިޝާނާއެކު ނެރޭ ފުރަތަމަ ދިވެހި ރުފިޔާގެ ނޫޓު. ސޮއި ކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޗާޕްކޮށްފައިވާ 100 ރުފިޔާގެ ނޫޓު މި މަހުގެ 19 ވަނަ ދުވަހު ދައުރުކުރަން ފަށާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އައު ނޫޓުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާއި އަދި ރުފިޔާގެ ނިޝާން ހިމަނާފައިވާކަން އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

މި އައު ނޫޓުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި، ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ހިމަނާފައިވުމުގެ އިތުރުން، މިއީ ރުފިޔާގެ ނިޝާން ތަޢާރަފުކުރި ފަހުން، އެ ނިޝާނާއެކު ނެރޭ ފުރަތަމަ ދިވެހި ރުފިޔާގެ ނޫޓުކަން ފާހަގަކޮށްލެވެއެވެ. އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރުފިޔާގެ ނިޝާން ތަޢާރަފުކުރެވުނީ 2022 ޖުލައި 16 ގައެވެ.

މި އައު ނޫޓުތަކާއެކު ކުރީގެ ނޫޓުތައް ވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓު ސީރީޒް ތަޢާރަފުކުރެވުނީ 2016 ގައެވެ. 2016 ގައި ތަޢާރަފުކުރެވުނު ނޫޓު ސީރީޒްގައި ސޮއިކުރައްވާފައިވަނީ އޭރުގެ ގަވަރުނަރު މަރިޔަމް އަމީޒާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަ

58 ދުވަސް ކުރިން - 22:19

ޔަގީނޭ އައު ނޫޓޭ ކިޔާފަ ހެއްސަށް ޗާޕު ކޮއްލީކަން