އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ގޮވާލައިފި

އާނާ ފަހީމް | 62 ދުވަސް ކުރިން - 23:28
އެމްއެމްއޭ ބިލްޑިންގ / ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތައް ހޯމަ ދުވަހުގެ ކުރިން އެމްއެމްއޭ ގައި ރަޖިސްޓްރީވުމަށް އަންގައިފި.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު" ގެޒެޓުކޮށްފިއެވެ.

މި ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީވާން ޖެހެއެވެ.

މީގެ އިތުރުން، މާލީ އިދާރާތައް ފިޔަވައި އެހެނިހެން ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި އަހަރު ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ފަރާތްތަކުން ވެސް ރަޖިސްޓްރީވާން ޖެހެއެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭއިރު، 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ.

ރަޖިސްޓްރީވުމަށް އެމްއެމްއޭގެ ވެބްސައިޓުގައި ހުންނަ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރަންޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މި ގަވާއިދަކީ މިހާރު އަމަލުކުރަމުންދާ ބޭރު ފައިސާއާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%