ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ދެންމެ ކޫއްޑޫއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މިވަގުތު ގެންދަވަނީ ފަހަރަކު މަސްދޯންޏަކަށް އަރައިވަޑައިގެން މަސްވެރިންނާއި މަޝްވަރާ ކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އޮޅުންފިލުއްވަމުންނެވެ.
48 ގަޑިވޭލު އެތެރު ލާރިޔާ ލެބެނެމެއި މަސްވެރިން ނިކަންގެސް ހެޕީ 😁😁 pic.twitter.com/WnkBadiguf
— Khulaasaa (@KhulaasaaNews)
?t=DJB4Nf_5TQsSjldJ0_vVWQ&s=19
މިވަގުތަކީ ކޫއްޑޫއަށް ވިއްސަރަވެ ވާރޭ ވެހެމުންދާ ވަގުތެކެވެ. އެހެންނަމަވެސް ވާރޭތެރޭގައި ފަހަރަކު ދޯންޏަކަށް ވަޑައިގެން އެމަނިކުފާނު ގެންދަވަނީ މަސްވެރިންނަށް ހިއްވަރު ދެއްވަމުންކަން ފާހަގަ ކުރެވެއެވެ.
މަސްވެރިންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމީހުން ބާނާ މަހަށް ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިހާރު ފައިސާ ލިބެމުންދާތީއެވެ. އެކަމަށް މަސްވެރީން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.