އޭދަފުށި ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ލ. ގަމުން ދިފާޢު ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 70 ދުވަސް ކުރިން - 07:32
ލ. ގަމު ޓީމުން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑާއި އެކު. ރޭ އެޓީމުން އޭދަފުށި ބަލިކުރީ 1-0 ލަނޑުން.
ލ. ގަމު ޓީމުން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑާއި އެކު. ރޭ އެޓީމުން އޭދަފުށި ބަލިކުރީ 1-0 ލަނޑުން.
ޚުލާސާ

މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން މޮޅުވި ލ. ގަމަށް ލިބުނު 25،000 ރުފިޔާ ވަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކޮށްފަ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަން ބ. އޭދަފުށި ބަލިކޮށް، ލ. ގަމުން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ދިފާއުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ގަމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު ވެސް ތިމަރަފުއްޓާއި ވާދަކޮށް މި ޝީލްޑް ކާމިޔާބުކުރީ 2-3 ގޯލުން ލ. ގަމެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް އޭދަފުއްޓާއި ގަން ވާދަކުރިއިރު، އެ މެޗު 4-2 ލަނޑުން ކާމިޔާބުކޮށް ތަށި ހޯދީ އޭދަފުށިން ކަން ފާހަގަ ކުރެވެއެވެ.

128 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވުމަށް ރޭ ކުޅުނު މެޗުގައި ޖެހި ހަމަ އެކަނި ގޯލަކީ ގަމުގެ އަބްދުﷲ ޖުނައިދު ޖެހި ގޯލެވެ. މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން މޮޅުވި އެ ޓީމަށް ލިބުނު 25،000 ރުފިޔާ ހަދިޔާ ކުރަން ނިންމީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށެވެ..

ޗެރިޓީ ޝީލްޑް މެޗަށްފަހު މާދަމާރޭ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ފެށިގެންދާއިރު، މި ފަހަރުގެ މުބާރާތުގައި 129 ޓީމު ވަނީ ވާދަކުރާނެއެވެ.

"ގޯލްޑެން ފުޓްސަލް ޗެލެންޖް" ގެ މެޗުތައް ރަސްމީކޮށް ފަށާނީ މިރޭ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދާފައިވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ތިމަރަފުއްޓާއި، ގަމާއި، އޭދަފުއްޓާއި، ބ. ހިތާދޫ އާއި، މާފަންނު އަދި ހެންވޭރުންނެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%