އެޑިއުކޭޝަން މިނިސްޓްރީއަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ޙަފްލާއެއް އިއްޔެ ބާއްވައިފިއެވެ.
މިނިސްޓްރީން ބުނީ މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އެ ޙަފްލާގައި ވާހަކަދައްކަވަމުން މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާއި ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ. އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ހަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް." މިނިސްޓަރ ވިދާޅުވިއެވެ.
ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގައި ދެމިތިބުމަށް މުވައްޒަފުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޑިއުކޭޝަން މިނިސްޓްރީއެއް އުފެއްދީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްތާން މުހައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.