އެމްޕީއެލަށް ދެކުނު އޭޝިއާގެ ޝަރަފްވެރި ދެ އެވޯޑެއް

އާނާ ފަހީމް | 81 ދުވަސް ކުރިން - 10:14
އެމްޕީއެލްއަށް ލިބިފައިވާ ދެ އެވޯޑުގެ ފޮޓޯ. / ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއަށް ލިބިފައިވާ ދެ އެވޯޑުގެ ފޮޓޯ. / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެމްޕީއެލް އަށް ދެ އެވޯޑު ލިބިފައިވަނީ ދެކުނު އޭޝިއާގެ ވިޔަފާރި ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑު ކަމުގައިވާ "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2024" ގެ ދަށުން.

އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2024" ގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދެ އެވޯޑެއް ލިބިއްޖެއެވެ.

އެމްޕީއެލްއަށް ލިބުނު އެވޯޑުތަކަކީ "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ.

އެމްޕީއެލް އަށް މި ދެ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ 7 ޤައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންނެވެ. ޚާއްޞަކޮށް "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިބުނު އެވޯޑެކެވެ.

"ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް" އަކީ ދެކުނު އޭޝިއާގެ ވާދަވެރި ވިޔަފާރީގެ މާޙައުލުގައި ކުންފުނިތަކުން ވިޔަފާރި ފުޅާކުރުމާއި، ތަރައްޤީކުރުމާއި، ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑު ދެނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް ވަޒަންކުރުމަށްފަހުއެވެ. މިގޮތުން 17 ދާއިރާއަކުން ވަނީ އެވޯޑު ދީފައެވެ.

އެމްޕީއެލްއަށް "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑު ލިބިފައިވަނީ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އެމްޕީއެލްއިން ވަނީ މި ދެ އެވޯޑު ލިބުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%