އުރީދޫ ފަން ރަން 2025 ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 83 ދުވަސް ކުރިން - 12:27
އުރީދޫ ފަން ރަން ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު (ކަނާތުން ދެވަނައަށް) ބައިވެރިވެވަޑައިގެންނެވި.
އުރީދޫ ފަން ރަން ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު (ކަނާތުން ދެވަނައަށް) ބައިވެރިވެވަޑައިގެންނެވި.
ޚުލާސާ

އުރީދޫ ފަން ރަން 2025 ފުވައްމުލަކުގައި ބޭއްވުމަށް ނިންމިކަން ފާހަގަކޮށް، އުރީދޫގެ ފަރާތުން ފުވައްމުލަކު ސިޓީގެ މޭޔަރަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައި.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އުރީދޫ ފަން ރަން" އިވެންޓް، އަންނަ އަހަރު ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. މި ނިންމުން އިޢުލާންކުރީ އިއްޔެ ހަވީރު ހުޅުމާލޭގައި ބޭއްވުނު އުރީދޫ ފަން ރަން 2024 ގެ އިފްތިތާޙީ ރަސްމިއްޔާތުގައެވެ.

މި އަހަރުގެ އިވެންޓް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އިވެންޓް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިވެރިންނާއެކު ޚާއްޞަ ސެލްފީއެއް ނަންގަވާފައެވެ.

އުރީދޫ ފަން ރަން 2025 ފުވައްމުލަކުގައި ބޭއްވުމަށް ނިންމިކަން ފާހަގަކޮށް، އުރީދޫގެ ފަރާތުން ފުވައްމުލަކު ސިޓީގެ މޭޔަރަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެވާފައެވެ.މިއީ އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 6 ވަނަ ދުވުމެވެ.

މި އަހަރުގެ އިވެންޓުގައި 6000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%