އިހަވަންދޫ ޑޮކްޔާޑް އެގްރީމެންޓުގައި އެމްޕީއެލްއިން ސޮއި ކޮށްފި

ހުސައިން އިސްމާއިލް | 83 ދުވަސް ކުރިން - 23:23
ޚުލާސާ

ޑޮކްޔާޑާއި ސްލިޕްވޭ ހެދުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މީގެ 3 މަސް ކުރިން 20 ސެޕްޓެމްބަރު 2024 ގަ. ޑޮކްޔާޑް އެގްރީމެންޓުގައި ސޮއިކުރެއްވުމަށް ވަޖީހް އިހަވަންދޫއަށް ވަޑައިގެންނެވީ އެރަށު ކައުންސިލުން ދެއްވި ދަޢުވަތަކަށް އިއްޔެގެ ވަގުތެއްގަ.

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު މިއަދު (20 ޑިސެމްބަރު 2024) އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.

އިހަވަންދޫގައި އޮތް މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެގްރީމެންޓުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޝަބާހެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑަކީ އުތުރުގައި ދޭ މެރިޓައިމް ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑުގެ އަމަލީ މަސައްކަތް ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި ޑޮކްޔާޑު ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް) ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މީގެ 3 މަސް ކުރިން، 20 ސެޕްޓެމްބަރު 2024 ގައެވެ.

އެމްޕީއެލްގެ ސީއީއޯ އިހަވަންދޫއަށް ވަޑައިގެންނެވީ އެރަށު ކައުންސިލުން ދެއްވި ދަޢުވަތަކަށް އިއްޔެގެ ވަގުތެއްގައެވެ.     

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%