"ބިންވެރިޔާ" މައްސަލައިގައި ކުރަމުންދާ ތަޙުޤީޤާއި ގުޅިގެން އަކުރަމް ކަމާލުއްދީނު ހިމެނޭހެން އިތުރު 4 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. މިއާއެކު ހިފެހެއްޓި ޕާސްޕޯޓުތަކުގެ ޢަދަދު 24 އަށް އަރާފައިވާ ކަމަށް ބެލެވެއެވެ.
އެނގިފައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމައްސަލައާއި ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރާފާނެ ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު ހިފަހައްޓާފައިވަނީ އަކްރަމާއެކު ކުރީގައި ހައުސިން މިނިސްޓްރީގައި ސިޔާސީ މަޤާމް އަދާކުރެއްވި ދެ މުވައްޒަފަކާއި މިހާރުވެސް އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަޙްމަދު ވިޝާންގެ ޕާސްޕޯޓެވެ.
މީގެ ކުރިން ހިފަހައްޓާފައިވާ ޕާސްޕޯޓުތަކަކީ؛
- އިބްރާހިމް ފަޒުލް ރަޝީދު، މ. ޒޭވަރު
- އިބްރާހިމް ޔޫސުފްފުޅު، އަތިރީގެ، ނ. ވެލިދޫ
- މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
- އުލާ މުހައްމަދު ރަޝީދު އިބްރާހިމް، ގ. ގަސްކަރަ
- އާރިފް އަބްދުއްސަމަދު، ދަފުތަރު 9241
- މުހައްމަދު ނާޖިލް، ހ. ފަށަން
- މުހައްމަދު ވަހީދު، މަބުއްސްތާނުގެ ހއ. ފިއްލަދޫ
- ޔޫސުފް ވަހީދު، ބޮޑުގެ، ހއ. ވަށަފަރު
- އަޒުހަރު އަބްދުﷲ ސައީދު، ސީނާޒު، ގދ. މަޑަވެލި
- މުހައްމަދު ފަޒީލް ރަޝީދު، މ. ޒޭވަރު
- އަބްދުލް މަޖީދު މާހިރު، ޖަމީލާމަންޒިލް، ހއ. ދިއްދޫ
- މަރިޔަމް ސާއީ، ހަޒާރުމާގެ، ސ. ފޭދޫ
- މަރިޔަމް ނިޔާޒާ، ހުޅުމާލެ ގޯތި ނަންބަރު 10794 )އަނާރު، ކ. މާލެ(
- އަހުމަދު ވިޝާން ނަސީމް، މއ. އިހާދޫ
- އަބްދުﷲ ފާއިދު، ހ. މާފާގާ
- އަބްދުﷲ ޝުހޫދު، މ. ސްލިޕްވޭއާގެ
- އަހުމަދު އައިމަން، މ. އަޒުމާ
- އަހުމަދު ޔާމީން، ކަސީރާގެ، ސ. މަރަދޫ
- ޟިރުގާމް ވަހީދު، މއ. ވިރާހު
- މުހައްމަދު އާރިފު، ނެދުންގެ، ހއ. އިހަވަންދޫ