އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރު ގާއިމުކުރުމަށް ދިރާސާއެއް ކުރަނީ

އާނާ ފަހީމް | 130 ދުވަސް ކުރިން - 20 ޑިސެންބަރު 2024 17:49
އެމްއެމްއޭ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއެމްއޭ އިން ގެޒެޓް ކޮށްފައިވާ އާރްއެފްޕީއާއި އެއްގޮތަށް، ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި.

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ.

އެމްއެމްއޭ އިން ކުރި އިޢުލާނުގައި ބުނެފައިވަނީ، އެމްއެމްއޭ އިން ގެޒެޓް ކޮށްފައިވާ އާރްއެފްޕީއާ އެއްގޮތަށް، ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ދިރާސާއަށް ޝައުޤުވެރިވާ ފަރާތްތަކުން، 24 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެމްއެމްއޭ އިން އެދިފައިވެއެވެ.

މީގެ ކުރިން، ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމުގެ ފްރޭމްވޯކެއް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްއެމްއޭ އިން މި މަހުގެ 1 ވަނަ ދުވަހު އިޢުލާނު ކުރިއެވެ. އެ މަސައްކަތަށް ބިޑް ހުށަހެޅުން އޮތީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްއެމްއޭ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގައި ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމުގެ މަޤްޞަދަކީ ޝަރީޢާ ހުއްދަކުރާ ޑިޖިޓަލް އެސެޓްތަކުގެ މައި ހަބަކަށް ރާއްޖެ ހެދުމެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%