ސަރުކާރުގެ ފިޔަވަޅުތަކާއެކު އާސަންދައާއި ސަބްސިޑީގެ ޚަރަދު ކުޑަވެއްޖެ

އާނާ ފަހީމް | 85 ދުވަސް ކުރިން - 21:01
އާސްނަދަ އޮފީސް
އާސްނަދަ އޮފީސް
ޚުލާސާ

މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ޚަރަދު 3.6% އަދި އާސަންދައަށް ކުރި ޚަރަދު 0.3% ދަށްވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު ސަބްސިޑީއާއި އާސަންދައަށް ކުރާ ހޭދަ ކުޑަވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް، ސަބްސިޑީއަށް ހޭދަކުރީ 3.62 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތާއި ހަމައަށް ސަބްސިޑީއަށް ހޭދަކުރި 3.75 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 3.6 އިންސައްތައިގެ މަދުވުމެކެވެ.

ހަމައެހެންމެ، އާސަންދައަށް ކުރާ ހޭދަވެސް ވަނީ ކުޑަވެފައެވެ. 2023 ވަނަ އަހަރާއި އަޅާބަލާއިރު މިމުއްދަތުގައި އާސަންދައަށް ކުރި ހޭދަ ވަނީ 0.3% ކުޑަކުރެވިފައެވެ.

މިޚަރަދުތައް ކުޑަވުމުގެ މައިގަނޑު ސަބަބަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށާއި އާސަންދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތަކެވެ.

ސަރުކާރުން ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާއިރު، ސަބްސިޑީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ. އެގޮތުން މިހާރު އާންމުކޮށް އެންމެނަށް ދެވޭ ސަބްސިޑީ އުވާލާއި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ނިޒާމަށް އަންނަ ބަދަލުތައް މަރުހަލާތަކަށް ބަހާލައިގެން ތަންފީޛު ކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭގޮތަށް މިކަންކަން ތަންފީޛުކުރައްވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%