ތ. މަޑިފުށިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

ހުސައިން އިސްމާއިލް | 87 ދުވަސް ކުރިން - 15:27
ގެއްލިގެން ހޯދަމުންދާ ޙަސަން ނިހާލު، ބޮންތި / ތ. މަޑިފުށި (34)
ގެއްލިގެން ހޯދަމުންދާ ޙަސަން ނިހާލު، ބޮންތި / ތ. މަޑިފުށި (34)
ޚުލާސާ

ގެއްލިގެން ހޯދަނީ ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު، (34އ)

ތ. މަޑިފުށިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު، (34އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 20:07 އެހައިކަންހާއިރު ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.



ޙަސަން ނިހާލުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށްށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ނިހާލު ގެއްލިގެން ހޯދާއިރު މިއަދު އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ވެސް މީހަކު ގެއްލިގެން ކޯސްޓުގާޑުން ދަނީ އެމީހާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%