ގުރައިދޫން ކުއާޓާގެ ޖާގަ ކަށަވަރުކުރިއިރު ދެވަނަ ޓީމު ހޯދުމަށް ތިމަރަފުއްޓާއި ފުވައްމުލައް ގުރުއަތަކަށް

އުސްތާޛް މުޙައްމަދު ޢަލީ | 90 ދުވަސް ކުރިން - 01:40
ޚުލާސާ

ގުރައިދޫން ގްރޫޕްގެ އެއްވަނަ ހޯދައި، ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި، ހުރިހާ ގޮތަކުން އެއްވަރުވުމުން މިގްރޫޕުން ދެން ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ތ. ތިމަރަފުށްޓާއި ފުވައްމުލަކު ސިޓީގެ މެދުގައި ގުރުއަތުލާން ޖެހޭ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުގައި ކ. ގުރައިދޫ އިން ފުވައްމުލަކު ސިޓީ 1-0 އިން ބަލިކޮށްފިއެވެ. މި ނަތީޖާއާއެކު ގުރައިދޫ ވަނީ ގްރޫޕްގެ އެއްވަނަ ހޯދައި، ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެހެންނަމަވެސް، މި ގްރޫޕުން ދެން ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ތ. ތިމަރަފުށްޓާއި ފުވައްމުލަކު ސިޓީގެ މެދުގައި ގުރުއަތުލާން ޖެހޭ ހާލަތަކަށް ކަންތައްތައް ގޮސްފައިވެއެވެ. މިއީ ދެ ޓީމު ހުރިހާ ގޮތަކުން އެއްވަރުވުމުގެ ސަބަބުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗުގައި ހަމައެކަނި ލަނޑު ޖެހީ ގުރައިދޫގެ އަހުމަދު ޝުއޫނެވެ. މެޗުގެ ފުރަތަމަ ހާފުގެ މެދުތެރޭގައި ޝުއޫން ޖެހި މި ލަނޑަކީ މުހައްމަދު ނާއިމް ފޮނުވާލި ހިލޭ ޖެހުމަކުން ލިބުނު ފުރުސަތަކުން ޖެހި ލަނޑެކެވެ.

ފުވައްމުލަކުން ވެސް ގިނަ ހަމަލާތަކެއް ދިން ނަމަވެސް، ގުރައިދޫގެ ގޯލްކީޕަރު އަހުމަދު ސަމީރުގެ މޮޅެތި ސޭވްތަކުގެ ސަބަބުން އެއްވެސް ލަނޑެއް ނުޖެހުނެވެ. މީގެ ތެރޭގައި މުބާރާތުގެ ޓޮޕް ސްކޯރަރު، ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ހިމެނެއެވެ.

މި ވަގުތު ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދާނެކަން ޔަގީންވެފައިވާ ޓީމުތަކަކީ ޅ. ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި ބ. އޭދަފުށްޓެވެ. އަދި ދެން އޮތް ޖާގައަށް ދާނެ ޓީމެއް ކަނޑައެޅުމަށް ތިމަރަފުށްޓާއި ފުވައްމުލަކު ސިޓީގެ މެދުގައި ގުރުއަތުލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.         

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%