ފުވައްމުލަކަށް "ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން" އެވޯޑު

އާނާ ފަހީމް | 90 ދުވަސް ކުރިން - 21:11
ފޮޓޯ: އިސްމާއިލް ރަފީގް/ އެކްސް
ފޮޓޯ: އިސްމާއިލް ރަފީގް/ އެކްސް
ޚުލާސާ

އެޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯ،ހޮންގް ކޮންގްގައި ބޭއްވުނު ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯގައި ފުވައްމުލައް ސިޓީއަށް "ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެ.

ހޮންގް ކޮންގްގައި ބޭއްވުނު ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯގައި ފުވައްމުލައް ސިޓީއަށް "ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެއެވެ. މި އެވޯޑަކީ އެޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯގައި ދެވޭ ފާހަގަކޮށްލެވޭ އެވޯޑެކެވެ.

މި އެވޯޑު ހާސިލްކުރުމާއި ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢިލް ރަފީޤް ވިދާޅުވީ، މިއީ އެ ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތައް އަދި އެހެނިހެން ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި ފުވައްމުލަކުގެ ކަނޑު ދިރުންތައް ދުނިޔެއަށް ދެއްކުމަށް ކުރައްވާ މަސައްކަތް މި ކާމިޔާބީން ފެނިގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންގެ މެދުގައި ޑައިވް ކުރުމަށް މަޤްބޫލް މަންޒިލެކެވެ. ޚާއްޞަކޮށް، މުޅި ރާއްޖޭގައިވެސް ޓައިގަރ ޝާކް ނުވަތަ ފެމުނު މިޔަރު އެންމެ ގިނައިން ފެންނަ އެއް ސަރަހައްދަކީ ފުވައްމުލައް ސިޓީއެވެ. މި ސަބަބަށްޓަކައި، އެ ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަމުންދަނީވެސް މިޔަރު ބެލުމުގެ ތަޖުރިބާއަށް އަމާޒުކޮށެވެ.

ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯއަކީ އަހަރުގެ އެކި ދުވަސްވަރު އެޝިއާ ސަރަހައްދުގެ އެކި ސިޓީތަކުގައި ބާއްވާ މުހިންމު އިވެންޓެކެވެ. މި އެވޯޑު ލިބުމަކީ ފުވައްމުލަކުގެ ފަތުރުވެރިކަމަށާއި، ޚާއްޞަކޮށް ޑައިވިންގ ޓުއަރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%