މިނިސްޓަރ ޝަފީޢުގެ އަރިހަށް، ޖަޕާނުގެ ސަފީރު ވަދާއީ ޒިޔާރަތެއް ކުރައްވައިފި

އަައިޝަތު ޒީނާ | 95 ދުވަސް ކުރިން - 15:08
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ.
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ.
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތްތަނުގައި ޖަޕާނު ސަރުކާރާއެކު ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ތައުލީމީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ސްކޫލުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަޕާނުން އަދާކުރައްވާ ދައުރުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޝަފީޢުގެ އަރިހަށް، ޖަޕާނުގެ ސަފީރު ވަދާއީ ޒިޔާރަތެއް ކުރެއްވުން. / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތްތަނުގައި ޖަޕާނު ސަރުކާރާއެކު ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖަޕާނުގެ ސަފީރު ވަނީ އެކަމަނާގެ ދައުރުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާ، މިނިސްޓަރ އަށް ޝުކުރުދަންނަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%