ރިސޯޓުތަކަށް ބޭރު ފައިސާ މާރުކުރުމުގެ އިޚްތިޔާރު ދޭ ބިލު މަޖިލީހަށް

އާނާ ފަހީމް | 94 ދުވަސް ކުރިން - 14:57
އެމްއެމްއޭ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް. މި ބިލު ހުށަހަޅުއްވާފައިވަނީ ރިސޯޓުތަކުން މަހަކު 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދޭގޮތަށް.

ރިސޯޓުތަކުން މަހަކު 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދޭގޮތަށް ބޭރު ފައިސާއާ ބެހޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްއެވެ.

މި ބިލުގައި "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދިނުމަށް ހުށަހަޅާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވި ގޮތުގައި، މި ބިލަށް ގެނެވުނު ބަދަލުތަކަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރެވި ދެފަރާތަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

މީގެ އިތުރުން، ރިސޯޓުތައް ފިޔަވައި ފަތުރުވެރިކަމުގެ އެހެން ވިޔަފާރިތަކަށްވެސް ބޭރު ފައިސާ މާރުކުރުމުގެ އިޚްތިޔާރު ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%